ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި 2000 ވަނަ އަހަރުގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑްގެ ތަރި ނިކް ޖޯނަސްގެ ކައިވެންޏަކީ މީޑިއާ ތަކުގައި އޭރު އެންމެ ގަދައަށް ދެކެވެމުން އައި ވާހަކަ އެވެ. އަދި ކައިވެންޏަށްފަހު މި ދެތަރިން ބޭއްވި ބޮޑު ޕާޓީއަކީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ އެއް ކަމެވެ. މި ޕާޓީއިން ބޮލީވުޑްގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު ތަރިން ވަނީ ފެނިގެން ގޮސްފައެވެ.
މިފަހަރު ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައި މިވަނީ ދިޕިކާ ޕަޑުކޯން، ޕްރިޔަންކާގެ ކައިވެންޏަށްފަހު ބޭއްވި ޕާޓީގައި ނަށާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ޕްރިޔަންކާ އަދި ދިޕިކާ ފެންނަނީ، އެ ދެމީހުން އެކުގައި ފެނިގެންގޮސްފައިވާ ފިލްމު ބާޖިރާއޮ މަސްތާނީގެ ލަވައެއް ކަމަށްވާ ޕިންގާ އަށް ނަށާތަނެވެ.
https://www.instagram.com/p/CDGeUIXh7CX/?utm_source=ig_web_copy_link
މި ވީޑިއޯގައި މިދެތަރިން ނަށަނީ އެގޮތަކަށެވެ. އަދި ދެތަރިން ނަށަމުންދާއިރު، ދިޕިކާގެ ފިރިމީހާ، ބޭންޑް ބަޖާ ބާރާތުން މަޝްހޫރުކަން ހޯދި ރަންވީރް ސިންގް ވެސް ނަށަމުން ސްޓެޕްތައް ކޮޕީކުރަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ.
މި ވީޑިއޯގައި ޕްރިޔަންކާގެ ރީތިކަން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. އަދި އެ ފުރިހަމަކަން އިތުރަށް ދައްކުވައިދެނީ އޭނާގެ ކަރުގައި އަޅާފައިވާ ޑައިމްންޓް ހާރުގެ ސަބަބުންނެވެ. ދިޕިކާގެ ރީތިކަންވެސް އަދި އަޅައިގެން ހުރި ހެދުންވެސް އެހެން ތަރިޔަކަށް ދޫ ނުކުރެއެވެ. ރަންކުލައިން ޖަރީކޮށްފައިވާ އެ ދޯޕައްޓާއާއި ޑިޒައިނާ ލެހެންގާ އޭނާއަށް ވަރަށް ގުޅެއެވެ. އަދި އޭނާގެ ކަރުގައި އަޅާފައިވާ ޗޯކާއާއި، ގަދަ ފެހި ކުލައިގެ ކަންފަތުލާ އެތީގެ ސަބަބުން ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް