އަދުގެ މޫސުން: ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ

އަދުގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނެފައިވަނީ ދެކުނުގ...

27 Jul 2020 | 05:41

އަދުގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވަނީ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭއިރު ދެކނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މިއަދު ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމުގައިވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވަނީ ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް