މިއަދު 22 މީހަކު ޕޮސިޓިވްވެ، 12 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް އިތުރު 22 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ ހަތަރު ދިވެއްސަކާއި 18 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފަ...

27 Jun 2020 | 17:21

ކޯވިޑް-19 އަށް އިތުރު 22 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ ހަތަރު ދިވެއްސަކާއި 18 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ14 މީހަކާއި ސްރީލަންކާގެ ހަތަރު މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 15 މީހެކެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 417 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ނުވަ މީހަކަށެވެ.

ރާއްޖެއިން އެންމެ ގިނައިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކަމަށެވެ.

މި ބަލީގައި ހާލު ސީރިއަސް ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.

މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،305 މީހުންނެވެ. އޭގެ ތެރެއިން 1،875 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް