ހައްޔަރު ކުރި މީހުން ދޫކޮށްލިޔަސް ރޭޕްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލިޔަސް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. އިއްޔެ ރޭ...

27 Jun 2020 | 15:22

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލިޔަސް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ރޭ ފަތިހު ހިނގި މި ހާދިސާގައި ފުލުހުން އެ ދެމީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ބުނެފައިވެ އެވެ.

އެކަމަކު މިއަދު ހެނދުނު ބުނެފައިވަނީ އެމީހުން ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނެތުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ ދެމީހުން ދޫކޮށްލި މައްސަލައިގަ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުން ފަހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ކަމަށެވެ. އިތުރު މައުލޫމާތު ހާމަ ކުރާ ހިސާބަށް ދިއުމުން ހާމަ ކުރާނެ ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ 39 އަހަރުގެ ދެ ފިރިހެނުންނެވެ.

އެ ސަފާރީ އަޅާފައި އޮތީ ހުޅުމާލޭ ފަޅު ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް