ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އިތުރު ބަޔަކު ފުރުވާލައިފި އެވެ.
މިއަދު ފުރުވާލާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގަައުމުތަކަށް ފުރުވާލުމުގެ ޕްރޮގްރާމްގެ ދަށުން ފޮނުވާލާފައިވާ ހުރިހާ އެންމެންނަކީ އެ ގައުމުގެ މީހުންނެވެ.
މިއަދު ފުރުވާލު އެންމެން ދިޔައީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހުންގެ ފޮނުވާލުމަށް ފަށާފައިވާ މަސައްކަތެ ދަށުން މިހާތަނަށް ފުރުވާލި މީހުން ގޮސްފައި ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބީމާން އެއާލައިން އާއި އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައި އެވެ. ދެން ފުރުވާލި މީހުން ގޮސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެވެ.
ސަރުކާޜުގެ އަމާޒަކީ 5،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާށެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 2400 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފުރުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް