ދިވެހި ސިފައިންނަށް އަމިއްލަ ހެލިކޮޕްޓަރަކާއި ފްލައިޓެއް ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރަރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު މިފަދަ ގަރާރެއް ހުށަހެޅުއްވިކަން ހާމަ ކުރެއްވީ ޑީއާރުޕީން ކުރި ޓުވީޓެއްގައި އެވެ.
ޑިއާރުޕީން ބުނެފައިވާގޮތޮތުގައި ދިވެހި ސިފައިންގެ އަތުގައި އެއާޕޯޓެއް އޮތް އިރު އަމިއްލަ ހެލިކޮޮޕްޓަރަކާއި ފްލައިޓެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިއީ ސިފައިންގެ ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.
ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް އެއްވެސް މީހަކު ވާހަކަ ނުދެއްކުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުން ގައުމަށް ޓަކައިވާ ގުރުބާނީ ފާހަގަ ކުރަން ޖެހޭ ކަމަށް ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
ދިވެހި ސިފައިން އަތުގައި މިހާރުވެސް ދެ ހެލިކޮޕްޓަރު އޮވެ އެވެ. އެކަމަކު މި ހެލިކޮޕްޓަރު ތަކަކީ އިންޑިއާ އަސްކަރީ ހެލިކޮޕްޓަރުތަކެކެވެ. އެ ހެލިކޮޕްޓަރުތައް ދުއްވަނީވެސް އިންޑިއާ ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް