އޭޑީބީން ރާއްޖެއަށް އިތުރު 50 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް  އިތުރު 50 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ. އެ ބޭންކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ދޭން ނިންމާފަިއވާ ފައިސާގެ ތެރެއިން...

27 Jun 2020 | 07:52

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް  އިތުރު 50 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

އެ ބޭންކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ދޭން ނިންމާފަިއވާ ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ދަށުން ދޭ ފައިސާކަމަށެވެ. އަނެއް 25 މިލިއަން ޑޮލަރަކީ ލޯނުގެ ގޮތުގައި ދިން ފައިސާ އެވެ.

އޭޑީބީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އެހީއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމް ލުރުމަށް ދިން އެހީ އެކެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީވާން ސަރުކާރުން ހިންގާ ޕްރޮގްރާމަށް ވެސް އޭގެ ސަބަބުން އިތުރު އެހީތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިއީ ކޯވިޑް-19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން އެ ބޭންކުން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ދޭ އެހީއެކެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އޭޑީބީން އެހީދިން ދެވަނަ ފަހަރެވެ.

އެންމެ ފުރަތަމަ އޭޑީބީން ދީފައިވަނީ  500،000 ޑޮލަރުގެ ހިިލޭ އެހީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް