މޫދަށް ވެއްޓުނު ދެމީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވަ ފެނިއްޖެ

ތިލަފުށީ އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު ދެ ބިދޭސީއެއްގެ ތެރެއިން އެކަކު މަރުވެއްފައި އޮއްވަ ފެނިއްޖެ އެވެ. އެމްއެންޑީއެފް ކޯސްޓުގާޑަށް މި ހާދިސާގެ ...

27 Jun 2020 | 03:48

ތިލަފުށީ އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު ދެ ބިދޭސީއެއްގެ ތެރެއިން އެކަކު މަރުވެއްފައި އޮއްވަ ފެނިއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓުގާޑަށް މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ ރޭ 10:20 އެހާއިރު އެވެ.

އެ ދެމީހުން ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އޭގެ ތެރެއިން އެކަކު ވަނީ އެ ސަރަހައްދުން ދިޔަ މަސް ދޯންޏަކަށް ކަނޑުމަތީގައި އޮއްވެ ފެނިގެން ނަގާފައި އެވެ. އަދި އެމީހާ ވަނީ އިތުރު ފަރުވާއަށް ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.

އަނެއް މީހާ މޫދުގެ 51 މީޓަރު އަޑީގައި މަރުވެފައި އޮއްވަ ފެނިފައިވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ. އެމީހާ ފެނިފައިވަނީ އެ ސަރަހައްދު ފީނަނިކޮށް ކަމަށް ބުނެފައިވެ އެވެ.

އެމީހާ މޫދު އަޑިން ނެގުމުގެ މަސައްކަތް ކޯސްޓުގާޑު ޑައިވަރުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް