ކޯވިޑް ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ: މިނިސްޓަރު އަމީން

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ ނިިސްބަތް 3.8 އިން1.4 ކަށް ދަށް ކުރެވިއްޖެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބް...

27 May 2020 | 16:43

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ ނިިސްބަތް 3.8 އިން1.4 ކަށް ދަށް ކުރެވިއްޖެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާންމުންގެ މެދުގައި ބަލި ފެތުރެން ފެށިފަހުން އެޅި ފިޔަވަޅުތަކާއި އެކު ބަލި ފެތުރެމުންދާ ނިސްބަތް1.4 ޕަސެންޓަށް ދަށް ކުރެވިއްޖެ ކަމަށެވެ. ބަލި ފެތުރުމުގެ ނިސްބަތުގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އެކަކު ގައިން އަނެކަކު ގަޔަށް އެރުން ނުވަތަ ބައްދަލުވާ މީހުންގެ އަދަދެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ބަލި ފެތުރިގެން އައި ދުވަސްކޮޅު ގުޅުން ހުރި މީހުންގެ ގޮތުގައި ބައްދަލުވެފައިވާ މީހުންގެ އަދަދު ހުރީ33 ގައި ކަމަށެވެ. މިހާރު އެ މިންވަރު ހަ މީހުންނަށް ތިރު ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބަލި ފެތުރުނު ގޮތާ ހިލާފަށް މިހާރު ކްލަސްޓާ ތަކާއި ގުޅުމެއް ނެތް ކޭސްތައް ފެންނަ މިންވަރުވެސް މަދުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބަލީގެ އަލާމާތްތައް ހުރި އަދި ފްލޫ ކްލިނިކުން ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ތިރިކުރެވިއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ކޯވިޑް-19 ގެ ބިރުވެރިކަމާއި ނުރައްކާތެރިކަމާއި އެ ވައިރަސް ނުދާ ކަމަށެވެ. ހަމައެކަނި ދަށް ކުރެވިފައިވަނީ ބަލި ފެތުރޭ ނިސްބަތް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް1،457 މީހަކު ޕޮސިޓިވްވެފައިވެ އެވެ. މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ޕޮސިޓިވްވަމުން ދަނީ ގާތްގަނޑަކަށް60 ދަށުގެ އަދަދަކަށް މީހުންނެވެ.

އެޗްޕީއޭއިން ބުނީ ކޮންމެ ދުވަހަކު ޕޮސިޓިވްވާ އަދަދު50 ގައި ހިފެހެއްޓޭނަމަ އެއީ މާލޭގެ އާބާދީއަށް ބަލާއިރު ގިނަ އަދަދެއް ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް