ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ވަޓްސްއެޕް އެކައުންޓް ހެކްކޮށްފައިވާކަން މިނިސްޓަރު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެކަން ހާމަކުރެއްވީ، ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިނިސްޓަރުގެ ވަޓްސްއެޕް އެކައުންޓް ވަނީ ހެކް ކޮށްފައި ކަމަށާއި އެ އެކައުންޓުން ދާ މެސެޖުތަކަށް ސަމާލުކަން ނުދިނުމަށް އެދިލައްވާކަމަށެވެ.
އަދި ވަޓްސްއެޕް އެކައުންޓް ރިކަވަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
https://twitter.com/DrChubby/status/1265597602315165696
މިނިސްޓަރުގެ ވަޓްސްއެޕް އެކައުންޓް ހެކްކޮށްފައިވާއިރު ވަޓްސްއެޕްގެ ކޯޑު މެދުވެރިކޮށް އެކައުންޓްތައް ހެކް ކުރަމުން އަންނަ ކަން ފުލުހުން، މީގެ ދުވަސްކޮޅެއް ކުރިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. ފުލުހުން އިލްތިމާސްކޮށްފައިވަނީ ވަޓްސްއެޕް ކޯޑު އިތުރު ފަރާތަކާ ހިއްސާ ނުކުރުމަށެވެ.
https://twitter.com/PoliceMv/status/1260984769640185856
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް