ބެލަރޫސްގައި ތިބި 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އާދީއްތަ ދުވަހު އަންނާނެ: ފޮރިން މިނިސްޓްރީ

ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. ...

27 May 2020 | 12:18

ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މި ދިވެހިން ދަތުރުކުރާނީ ލަންޑަނުން، ސްރީލަންކަން އެއަރލައިންސްގައި ކަމަށެވެ. އަދި ބެލަރޫސްގައި ތިބި ދަރިވަރުން މި ފްލައިޓަށް ޖޮއިންކުރުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެ ކަމަށެވެ.

ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ ސްރީލަންކަން އެއަރލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ޚަރަދުގައި ކަމަށާއި ރާއްޖެ އައުމަށްފަހު 14 ދުވަހަށް ކަރަންޓީން ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް