ރާއްޖެއިން އިތުރު19 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މެންދުރު ފަހު2:50 އާއި ހަމައަށް ހަތަރު ދިވެއްސަކާއި15 ބިދޭސީން ޕޮސިޓިވްވެފައިވާ ކަމަށެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރެއިން13 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ދެން ހިމެނެނީ ނޭޕާލް މީހަކާއި އިންޑިއާ މީހެކެވެ.
ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނައަށް ދިވެހިން ހިމެނޭއިރު ރޭ ވަނީ ޕޮސިޓިވްވި ދިވެހިންގެ އަދަދު500 އިން މައްޗަށް ގޮސްފައި އެވެ. ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިވް ވަނީ އިންޑިއާ މީހުންނެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން232 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އޭގެ ތެރެއިން214 މީހުންނަކީ މާލޭގައި ބަލި ފެތުރެން ފެށިފަހުން ބައްޔަށް ޕޮސިޓިވްވި މީހުންނެވެ.
މިހާތަނަށް ރާއްޖެއިން1،457 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި ފަސް މީހަކު ވަނީ މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. ދެ ބިދޭސީން ނިސްބަތްވަނީ ބަންގްލަދޭޝް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް