މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް 45 މޭލަށް ވައި ގަދަވާނެ!

އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރު ފަހު 2:15 އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަ...

27 May 2020 | 05:33

އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރު ފަހު 2:15 އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ހުދު އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ އެވެ.

އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެ އެވެ. އެކަމަކު ހުރިހާ ސަރަހައްދުތަކަކަށްވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުނިނުގައި އެވެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެ އެވެ. އެކަމަކު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް