ޓޭޒަރ ގަން ބޭނުން ކުރާނީ އާންމުންގެ ހިޔާލާ މަޝްވަރާއާވެސް އެކު: ސީޕީ ހަމީދު

ދިވެހި ފުލުހުން ޓޭޒަރ ގަން ބޭނުންކުރާނީ އާންމުންގެ ހިޔާލާއި ކަމާގުޅުންހުރި އަދި ފުލުހުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާވެސް އެކީގައި ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީ...

27 May 2020 | 05:12

ދިވެހި ފުލުހުން ޓޭޒަރ ގަން ބޭނުންކުރާނީ އާންމުންގެ ހިޔާލާއި ކަމާގުޅުންހުރި އަދި ފުލުހުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާވެސް އެކީގައި ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއެއްގައެވެ.

މިހާރު އަދި އޮތީ ޕައިލެޓް ސްޓޭޖެއްގައި ހާމަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ އަދި ބޭނުންކުރަން ނިންމާފައި ނުވާކަމަށެވެ. މަޝްވަރާތައް ދަނީ ކުރިއަށް ކަމަށެވެ.

މިކަމުގައި އާންމުންގެ ކަންބޮޑުވުންތައް ހުރިކަން އެނގޭ ކަމަށް ވިދާޅުވެ ސީޕީ ވިދާޅުވީ ރައްޔިތުންގެ މައްޗަށް ބާރެއް ބޭނުން ކުރުމަށް ފުލުހުންނަށް ދޭއިރު ޝައްކުގެ ނަޒަރުން ދެކޭނެ ކަމަށެވެ. ސުވާލު ކުރާނެ ކަމަށެވެ. އަދި ޖަވާބުދާރީވެސް ކުރާނެ ކަމަށެވެ.

"މާހައުލުގަ މިހާރު ހުރި ކުށްތައް އާލާވަމުން އަންނަގޮތާ، އަލަށް އުފެދެމން އަންނަ ކުށްތަކާ އެ ކުށްތަކުގެ ނުރައްކާތެރިކަމާ، ކުށް ކުރާ ފަރާތުގެ ނުރަށްކާތެރިކަމާ، ކުށް ކުރާ ފަރާތުން ފެންނަ އަނިޔާވެރިކަމާ މިކަންކަމަށް ބަލާއިރުގަ ކޮންމެވެސް މިންވަރަކަށް މިފަދަ ލެސް ލީތަލް ފޯސް އެއް ބޭނުން ކުރެވެން ޖެހޭކަމަށް ގަބޫލު ކުރެވެނީ" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ލިބިފައިވާ ކޮމެންޓްތަކަށް ބަލާއިރު ސިޔާސީ އެއްވުން ރޫޅާލުމަށް މި ހަތިޔާރު ބޭނުންކޮށްފާނެތީ އާންމުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. ނަމަވެސް މި ފޯސް ބޭނުން ކުރަންޏާ ކުރާނީ އިންޑިވިޖުއަލް ވަކި ވަކި މީހުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން، ނުވަތަ ރައްޔިތަކަށް ނުވަތަ ރައްޔިތުންގެ ތެރޭން ބަޔަކަށް ފުރާނަޔަށް ނުރައްކާތެރިވާ ފަދަ އަނިޔާއެއް އެމީހާގެ ފަރާތުން ލިބިދާނެކަމަށް ގަބޫލު ކުރެވޭ ހާލަތްތަކުގައިކަން ސީޕީ ފާހަގަކުރެއްވިއެވެ.

https://twitter.com/M_Hameedh/status/1262633809725407233

އަދި މި ޓޭޒަރ ގަން އަކީ ހަމައެކަނި އުނަގަނޑުގައި އިންނަ ފިސްތޯލައެއްހެން ހީވާ އެއްޗެއް ނަގާ ޖެހުން ނޫން ކަމަށާއި ނެގުމާއެކު ބޮޑީ ކެމް އޮން ވުމުގެ އިތުރުން އެ ޑިވައިސްތެރޭގައިވެސް ބައެއް މައުލޫމާތު ރައްކާ ކުރެވޭކަން ސީޕީ ހާމަކުރެއްވިއެވެ. އެއީ ޓޭޒަރ ގަން ބޭނުންކުރީ ކާކު ކޮން ވަގުތެއްގައިކަން ފަދަ މައުލޫމާތު ކަމުގައި ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މިއީ މުޖްތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް މުހިންމު ޓޫލެއް ކަމަށް އާގިއުކުރައްވާނެ ކަމަށާއި ނަމަވެސް ބޭނުންކުރަން ފަށާނީ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް