މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު، ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް މައި ޕާޓީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ 55 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް އެވެ. އިއްޔެ އޮތް ޖަލްސާގައި މި ބިލަށް ބަހުސް ކޮށްފައިވެއެވެ.
އިއްޔެގެ ބަހުސްގައި ގައި މައިގަނޑު ދެގޮތަކަށް މަޝްވަރާ ކުރެވުނެވެ. އެއް ގޮތަކީ ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. އެއީ ސަރުކާރުން ހުށަހަޅާފައިވާ ގޮތެވެ. އަނެއް ގޮތަކީ ސަންސެޓު ގަނޫނަކުން ފަރުވާ ހޯދުމެވެ.
ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން މިހާރު ނިންމާފައިވާއިރު މި އިސްލާހާއިމެދު ދަ އުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް