މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، ހުޅުމާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ވެސް ނެގަޓިވް ވެއްޖެއެވެ.
އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި ފަސް ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވެއެވެ.
ކަރެކްޝަންސުން ބުނެފައިވާގޮތުގައި ހުޅުމާލެ ޖަލުން ނެގި ސާމްޕަލްތައް ހިމަނައިގެން މިހާތަނަށް ހުރިހާ ޖަލަކުން ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 140 ސާމްޕަލް ނަގައި، އެ ހުރިހާ ސާމްޕަލެއް ކޯވިޑް-19 ށް ވަނީ ނެގަޓިވް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް