ލޮކްޑައުނަށް ފުރަތަމަ މަރުހަލާގައި ދެވޭ ލުއީގެ ބައެއް ތަފްސީލް ސީޕީ ހާމަކުރައްވައިފި

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސް އެއް މާލެއިން ފެނުމާއެކު އޭޕްރީލް 15ގައި މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާއިރު މިކަމުގެ ފުރަތަމަ މަރުހަލާގައި...

27 May 2020 | 01:16

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސް އެއް މާލެއިން ފެނުމާއެކު އޭޕްރީލް 15ގައި މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާއިރު މިކަމުގެ ފުރަތަމަ މަރުހަލާގައި ދެވޭ ލުއިތަކުގެ ބައެއް މައުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.

މި މައުލޫމާތު ސީޕީ ހަމީދު ހާމަކުރެއްވީ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައެވެ.

ގްރެޖުއަލީ ރިލެކްޝިންތަކެއް ދޭން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ މިހާރު ގޭބިސީތަކުގެ ކޮންމެވެސް އެކަކަށް ތިން ދުވަހުން ނިކުމެވޭގޮތަށް އެއް ފާސް ދޫކޮށްފައިވާއިރު އެ އަދަދު އިތުރުވެގެންދާނެ އެވެ.

"ޒަރޫރީ ބޭނުންތަކަށް ދޫކުރެވޭ ފާހުގެ އަދަދު އިތުރުވެގެންދާނެ، ސާވިސް، ވިޔަފާރި، ހޯލްސޭލް ރީޓެއިލް، ލޮޖިސްޓިކްސް ހުއްދަތައް އިތުރުވެގެންދާނެ" ސީޕީ ވިދާޅުވިއެވެ.

އަދި މާލެ ސަރަހައްދުގެ އެކި އުމުރުފުރައިގ މީހުންންނަށްވެސް ނިކުމެ އުޅުމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭނެކަމަށާއި ޕްރައިވެޓް ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތައް ފަންކްޝަން ކުރެވޭވަރަށް އެކި އެކި ބޭފުޅުންނަށް އެތަންތާނގައި މަސައްކަތް ކުރެވޭވަރަށް ލުއިތަކެއް ދެމުންދާނެ ކަމަށެވެ.

"ގްރެޖުއަލް، މީ ވަރަށް މުހިންމު ލަފްޒެއް، މަޑުމަޑުން ދޫތައް ދެމުން ގެންދިއުން މުހިންމު، ނޫންނަމަ އަޅުގަޑުމެން އިތުރު ބުރައެއް އުފުލަންޖެހިދާނެ، ކުއްލިއަކަށް އެހާ ގިނަ އަދަދަކަށް ނިކުމެ އުޅެންޖެހެންޔާ" ސީޕީ ހަމީދު ވިދާޅުވިއެވެ.

ފަސް ހަފްތާ ވަންދެން ގޭގައި ތިބެންޖެހުމުން ރައްޔިތުން އުފުލަންޖެހޭ ތަކްލީފް އިހުސާސް ކުރެވޭކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ އެކަންކަން އެ ކުރެވުނީ އެންމެންގެ ރައްކަލަކަށް ކަމަށާއި އެކަމުގެ ރަނގަޅު ނަތީޖާވެސް މިވަނީ ފެނިފައި ކަމަށެވެ.

މި މައުލޫގައި ވާހަކަ ނިންމަވާލައްވަމުން ސީޕީ ހަމީދު ފާހަގަކުރެއްވީ، ދޭ ލުއިތަކާއެކުގައިވެސް ބޭރަށް ނިކުމެ އުޅެވޭނީ ޕާމިޓެއް ދެވިފައިވާ ފަރާތްތަކަކަށް ކަމަށާއި ދެވޭ ލުއިތަކަށް ފުލުހުން އޮތީ ތައްޔާރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް