މާންދޫ ކްލަސްޓަރ: އިތުރު 77 މީހަކު ފައްސިވެއްޖެ

މާންދޫ ކްލަސްޓަރއިން އިތުރު 77 މީހަކު ފައްސިވެއްޖެއެވެ. މި ކޭސް އާ ގުޅިގެން ގަމުން ކަރަންޓީން ކުރި ގޭގެ އަދަދު ވަނީ 101ށް އަރާފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ލ. މާންދޫން ފެށި، ގަމާއި މާންދ...

27 Apr 2021 | 18:08

މާންދޫ ކްލަސްޓަރއިން އިތުރު 77 މީހަކު ފައްސިވެއްޖެއެވެ.

މި ކޭސް އާ ގުޅިގެން ގަމުން ކަރަންޓީން ކުރި ގޭގެ އަދަދު ވަނީ 101ށް އަރާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ލ. މާންދޫން ފެށި، ގަމާއި މާންދޫގައި ފެތުރިފައިވާ ކޮވިޑު ކޭސްތަކުގެ އަދަދު މިހާރު މިވަނީ އިތުރުވެފައެވެ.

މާންދޫ ކްލަސްޓަރއިން އިއްޔެ ޕޮޒިޓިވް ވެފައިވަނީ ގަމު އަލަށް އާބާދުވި ސަރަހައްދަށް ނިސްބަތްވާ މީހެކެވެ. މިއީ މި ކްލަސްޓާގެ ކޭހެއް އަލަށް އާބާދުވި ސަރަހައްދުން ފެނުނު ފުރަތަމަ ފަހަރެވެ. ކުރިން މި ކްލަސްޓާގެ ކޭސްތައް ހުރީ ލ. މާންދުއާއި ގަމުގެ މުކުރިމަގު އަވަށުގައެވެ.

އިއްޔެއަކީ ރާއްޖޭގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި އިއްޔެ 386 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 105 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށް ރަށުން 198 މީހަކު ޕޮޒިޓިވް ވެފައިވާއިރު އިންޑަސްޓްރިއަލް/އެހެން ބޭނުންތަކަށް ބޭނުންކުރާ ރަށްރަށުން 77 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ހިންގަމުން އަންނަ ރިސޯޓްތަކުން 06 މީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް