ކޯވިޑް-19 އަށް އިތުރު 386 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއީ ރާއްޖެއިން ކޯވިޑްގެ ކޭސްއެއް ފެނުނު ފަހުން 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހުނު ދުވަހެވެ.
މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 105 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 198 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަ މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން 77 މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 3،289 ސާމްޕަލެވެ.
މިވަގުތު 4،0009 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 119 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 78 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،499 އަށް އަރާފައި އެވެ.
ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 71 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 28،588 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް