އާރްޑީސީ ވައްކަމުގެ ދެ މައްސަލައިގަ. ތިން މީހަކު ހައްޔަރުކޮށްފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން( އާރްޑީސީ) ގެ އޮފީސް ފަޅާލައި ދެ ފަހަރު ވައްކަން ކުރި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އާރްޑީސީ ވައްކަމުގެ ދެ މައްސަލައާ ގުޅިގެން މި ތިން މީހު...

27 Apr 2021 | 17:33

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން( އާރްޑީސީ) ގެ އޮފީސް ފަޅާލައި ދެ ފަހަރު ވައްކަން ކުރި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އާރްޑީސީ ވައްކަމުގެ ދެ މައްސަލައާ ގުޅިގެން މި ތިން މީހުން ހައްޔަަރު ކުރީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނެކެވެ.

އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުންނަށް ވަނީ 10 ދުވަހުގެ މުއްދަތި ދީފައެވެ.

މި މައްސަަލަ ބަލަމުން ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މަހުގެ 17 ވަނަ ދުވަހު އާރުޑީސީގެ އޮފީސް ފަޅާލުމަށް ފަހު، އެ ތަނަށް ވަދެ ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާރުުޑީސީގެ އޮފީސް ފަޅާލައިގެން، 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް، އޭޕްރީލް 17 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

ވެރިރަށް މާލޭގައި ދޭތެރެދޭތެރއިން މި ފަދަ މައްސަލަތައް ފެންމަތިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް