މާފުށީ ކޯވިޑް ކޭސްތަކުގެ އަދަދު 200 އިން މައްޗަށް

ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފި އެވެ. މާފުށި ސިއްހީ މަރުކަޒުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއި އިރު މިއަދު ހަވީރާއި ހަމައަށް އެ ރަށުނ...

27 Apr 2021 | 17:15

ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފި އެވެ.

މާފުށި ސިއްހީ މަރުކަޒުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއި އިރު މިއަދު ހަވީރާއި ހަމައަށް އެ ރަށުން 204 މީހަކަށް ކޯވިޑް ޖެހިފައިވެ އެވެ. އަލި މުޅިން އަލަށް އިއްޔެ އާއި މިއަދު އިތުރު 53 މީހުން ކޯވިޑަށް ޕޮސިޓިވްވެފަވެ އެވެ.

ކޯވިޑް ކޭސްތަކާއި ގުޅިގެން އެ ރަށުގެ 68 ތަނެއް ހުރީ ކަރަންޓީން ކޮށްފަ އެވެ.

މާފުށީ ސިއްހީ މަރުކަޒުން ބުނީ އެ ރަށުގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދާއިރު ޕޮސިޓިވްވާ މީހުންނާއި އެކުގައި ދިރިއުޅޭ އެންމެެެެެެންހެން ޕޮސިޓިވްވަމުންދާ ކަމަށެވެ. އެހެންވެ ކަރަންޓީން އުސޫލަށް ތަބާވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މާފުށީގެ ހާލަތު ގޯސްވަމުންދާއިރު ކޯވިޑަށް ޕޮސިޓިވް ވެގެން ގޭގައި ކަރަންޓީން ކޮށްފައި ހުރި މީހަކު މާސްކުވެސް ނާޅައި އޭޓީއެމްއަށް ދިޔަ މައްސަލައެއް މިއަދު އެ ރަށުގައި ފެންމަތިވެފައި އެވެ. އެމީހާ ގެއަށް ގެންގޮސްފައިވަނީ ފުލުހުންގެ އެހީތެރިކަމާއި އެކު އެވެ.

ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް މާފުށީ ރައްޔިތުންނާއި އެ ރަށަށް ދާ ޓޫރިސްޓުން އަމަލު ނުކުރާ ކަމުގެ ކަންބޮޑުވުން ކައުންސިލުން މީޑިއާގައި މީގެ ކުރިން ފާޅުކޮށްފައިވެ އެވެ.

ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެގެން އެ ރަށް މޮނިޓަރިންއަށް ލީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް