ދެން ބޭނުންވަނީ މޮޑެލް ކުރުން ދޫކޮށް އަންހެނުން ބާރުވެރި ކުރުވަން: ކައިޒީން

މޮޑެލް ކުރުން ދޫކޮށްލުމަށްފަހު ދެން ބޭނުންވަނީ އަންހެނުން ބާރުވެރި ކުރުވަން ކަމުގައި މަޝްހޫރު މޮޑެލް ކައިޒީން ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގ...

27 Apr 2021 | 15:37

މޮޑެލް ކުރުން ދޫކޮށްލުމަށްފަހު ދެން ބޭނުންވަނީ އަންހެނުން ބާރުވެރި ކުރުވަން ކަމުގައި މަޝްހޫރު މޮޑެލް ކައިޒީން ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައެވެ.

ކައި ބުނެފައިވަނީ މިހާރު ބޮޑަށް ބޭނުންވަނީ ވިމަން އެމްޕަވަރމަންޓަށް މަސައްކަތް ކުރަން ކަމަށެވެ. އެގޮތުން ސިޔާސީ ދާއިރާއަށް ނިކުންނަން ބޭނުންވާކަން ކައި ހާމަކުރިއެވެ.

އެ މައުލޫގައި ކައި އިތުރަށް ބުނީ މިހާރު އޭނާއަށް އެހުރީ މޮޑެލް ކުރުމުގެ ދާއިރާގައި ރާއްޖެއިން ދެވޭނެ އެންމެ ކުރިއަކަށް ދެވިފައިކަމަށާއި އެވަރު "އިނަފް" ކަމަށެވެ. އަދި މިހާރު ބޭނުންވަނީ އަލަށް ނިކުންނަ ކުދިންނަށް ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް