ފްލޫ ކްލިނކަށް ދެއްކި މީހަކު ޕޮސިޓިވްވެ ތުލުސްދޫވެސް މޮނިޓަރިންއަށް

ކ. ތުލުސްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތުލުސްދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ...

27 Apr 2021 | 09:44

ކ. ތުލުސްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތުލުސްދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ތުލުސްދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ތުލުސްދޫން ފެނުނު ޕޮސިޓިވް ކޭސްއާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށެވެ.

އެ ރަށް މޮނިޓަރިންއަށް ލީ އެ ރަށު ފްލޫ ކްލިނިކަށް ބަލީގެ އަލާމާތްތައް ފެންނާތީ ޑޮކްޓަރަށް ދެއްކި މީހަކު ޕޮސިޓިވް ވުމުންނެވެ.

ތުލުސްދޫގެ އިތުރުން އއ. އުކުޅަސްވެސް މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެ ރަށުން ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ތިން މީހަކު ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ.

މިހާރު އެންމެ ހަލުވިކަމާއި އެކު އަތޮޅު ތެރޭގައި ކޯވިޑް ފެތުރެމުން ދަނީ ބ. އޭދަފުށި، މާފުށި އަދި އއ. މަތިވެރީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް