ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތަނުގެ ތެރެއަށް ސިފައިން ނުވަންނަ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން އޭރުގެ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ނެރުނު އަމުރާއެކު ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާންކުރުމަށްފަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރި ގޮތާއި މެދު އާންމުންގެ ފާޑުކިޔުން އަމާޒުވިއިރު، އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް ސިފައިން އަރައިގެން އުޅޭ ފޮޓޯތައް އާންމުވުމާ ގުޅިގެންނެވެ.
https://twitter.com/ibrahimmdidi/status/1386716009973747714?
އެ ދުވަހު ހިނގާދިޔަ ކަންކަމުގެ ވާހަކަ އަނެއްކާވެސް ތިލަވެފައިމިވަނީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އާދަމް ޝަރީފަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެގޮތުން ދީދީ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އާދަމް ޝަރީފަކީ ސުޕްރީމް ކޯޓުގެ ފުރާޅު ނަންގަވައިގެން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދަމާ ބޭރު ކުރެއްވި ޑިފެންސް މިނިސްޓަރު ކަމަށް ވިދާޅުވެފައެވެ. ދީދީގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ވަނީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނެއް ނުނަގާ ކަމަށާއި އަދި ސުޕްރީމް ކޯޓަށް ވަނީ ވެސް ސިފައިންނެއް ނޫން ކަށް ވިދާޅުވެފައެވެ.
އަދި އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލެއްގެ މަގާމު އަދާކުރެއްވުމަށްފަހު އެ މުއައްސަސާގެ އަގުވައްޓާލަން ދީދީ މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ވެސް އާދަމް ވަނީ ޝަރީފް ސުވާލުކުރައްވާފައެވެ.
"އެމްއެންޑީއެފްގައި ދީދީ އަށް ހޭދަކުރެއްވިފައިވަނީ އަމިއްލަ ނަފްސާއި މެދު ސުވާލު އުފެދޭ އުފެދުނު ދުވަސްތަކެއްތޯ؟ ސެލިއުޓް އެމްއެންޑީއެފް" އާދަމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް