އިއްޔެ އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ވީޑިއޯ އާއްމުކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ، ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ބޫޓެއް ވަގަށް ނެގިކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ އެކަން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް އެންގުމަށް އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
މިސްކިތްތަކުގައި މިފަދަ ކަންކަން ދޭތެރެ ދޭތެރެ ދޭތެރެއިން ހިނގާއިރު ރޭގެ ވަގުތެއްގައި، އދ. ދަނގެތީ މިސްކިތެއްގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަނީ ވަގަށް ނަގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް