ބައިސްކޯފުން ގެނެސްދޭ 'ތުންތުން މަތިން' ޕްރޮގްރާމްގައި، ފިލްމީ ތަރި އާމިނަތު ރަޝްފާ (އާޝާ) އާއި ފާތިމަތި ޝަރާ ބައިވެރިވެއެވެ.
އެ ޕްރޮގްރާމްގައި ދެއްކި ބައިތަކުގެ ތެރޭގައި ޓްރުތް އޯ ޑެއާ ކުޅުން ހިމަނާފައިވެ އެވެ. އެ ބައިގަ އާޝާއަށް ޑެއާ އެއް ނަގަން ޖެހި، އެ ޕްރޮގްރާމްގެ ޕްރެޒެންޓަރު ސުވާލު ކުރެއެވެ.
ސުވާލުގައި ވަނީ، ފިލްމީ ތަރި އަދި ޑައިރެކްޓަރު ރަވީ ފާރޫގަށް ގުޅުމަށް ފަހު، ފިލްމެއްގެ މަސައްކަތް ފަދަ ޕްރޮޖެކްޓެއް ދޭން އެދުމަށެވެ. އާޝާ އަތުގައި ރަވީގެ ނަންބަރު ނެތުުމުން ޝަރާގެ އެހީތެރިކަމާއެކު ރަވީއަށް ގުޅައެވެ. އަދި ފޯނު ނެގުމުން، މިއީ އާޝާ ކަމަށް އާޝާ ބުނެއެވެ. ނަމަވެސް އެއީ ކާކު ކަމެއް ރަވީ އަކަށް ނޭނގުނެވެ.
"ކޮން އާޝާއެއް" ރަވީ ބުނެއެވެ. އެހިސާބުން 'ސްވީޓް އާޝާ' ކަމަށް އާޝާ ބުނެއެވެ. އަދި ޓާސްކް ކަމަށްވާ، ޕްރޮޖެކްޓެއް އޮތްތޯ ސުވާލު ކުރެއެވެ.
އެހިސާބުން ވެސް އެއީ ކޮން އާޝާއެއް ކަން ނޭނގޭކަމަށް ރަވީ ބުނެއެވެ. އޭރު ޓާސްކްގެ ސުވާލު އެހުމަށް ޝަރާ ސިއްރުން ބުނަމުން ދެއެވެ. އެހެންކަމުން ޕްރޮޖެކްޓެއް އެބައޮތްތޯ އާޝާ އަހައެވެ.
ރަވީއަށް އާޝާ ނޭނގުމުން، މިއީ ފިލްމް އިންޑަސްޓްރީގައި އުޅޭ އާޝާކަމާއި، ޝަރާ އާއެކު އުޅޭ އާޝާއޭ ބުނުމުން، ގުޅި ސަބަބު އަލުން ރަވީ އެހިއެވެ. އެހިސާބުން އަނެއްކާވެސް ޕްރޮޖެކްޓެއް ދެވިދާނެތޯ އާޝާ އެހިއެވެ.
ޕްރޮޖެކްޓެއް ނެތް ކަމަށް ރަވީ ބުނުމުން، ޝުކުރު އަދާކޮށްފައި އާޝާ ފޯނު ބާއްވައެވެ.
އެހިސާބުން އާޝާއަށް ކުރެވޭ އިހުސާސްތަކާ ބެހޭގޮތުން ޕްރޮގްރާމްގެ ޕްރެޒެންޓަރު ސުވާލު ކުރެއެވެ. ޖަވާބަކަށް އާޝާ ބުނީ، ރަވީއާ ވާހަކަ ދައްކައި ނޫޅޭ ކަމަށާއި އެކަމަކު އެއް ޕްރޮޖެކްޓް މިހާރު ނިންމާފައިވާނެ ކަމަށެވެ.
ދެން ޕްރެޒެންޓަރު ބުނި ވާހަކައިން އާޝާއަށް ހިތްހަމަ ޖެހުން ލިބުނުކަން އެނގެ އެވެ. ޕްރެންޒަޓު ބުނި ގޮތުގައި އެ ޕްރޮގްރާމްގެ ތެރެއިން އާޝާ ގުޅާނެ ކަން ދުރާލާ ރަވީއަށް އެނގޭނެ އެވެ. އީ ޕްރޮގްރާމްގެ ބައެއްގެ ގޮތުން ޕްލޭންއާއެކު ކުރިކަމެއްކަން އެނގުމުން މިހާރު އޯކޭ ކަމަށް އާޝާ ބުނެއެވެ.
"އެއީ އޭ އާއްމުކޮށް ޓްރޫތް އޯ ޑެއާ ކުޅޭ ގޮތަކީ" ޕްރެޒެންޓަރު ބުނެލައެވެ. އަދި އާޝާ އެހާ ސްޓްރެސް ކޮށްލެވި، އާޝާ އާއި ޝަރާ އެހާބޮޑު 'އެފޯޓެއް' ލުމުން ދެކުދިންނަށް ހަދިޔާއެއްވެސް ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް