އއ. އުކުޅަހުގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް އެ ރަށު ސިއްހީ މަރކަޒުން ބުނެފި އެވެ.
އެ ރަށު ސިއްހީ މަރުކަޒުން ބުނީ އުކުޅަހުން ތިން މީހަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ. އެ ރަށުން ކޯވިޑް ޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު، ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ތިން މީހެކެވެ.
އުކުޅަހު ހެލްތް ސެންޓަރުން ބުނެފައިވަނީ، މިހާރު އެރަށުގައި ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދުވަނީ 28،000 އަށް އަރާފަ އެވެ.
އިއްޔެ ރާއްޖެއިން 328 މީހުން ފައްސިވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 167 ޕޮސިޓިވް ކޭސްއާއި، މީހުން އުޅޭ ރަށްތަކުން 127 ކޭސްގެ އިތުރުން ރިސޯޓުތަކުން10 މީހުންނާއި އެހެނިހެން ރައްރަށުން 24 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް