ފައިސާ ޗާޕުކޮށް، ބަހާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ފައިސާ ޗާޕުކޮށް އެކި މީހުންނަށް ބަދަލުގެ ގޮތުގައި އެ ފައިސާ ބަހާކަމަށްބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ...

27 Apr 2021 | 07:10

ފައިސާ ޗާޕުކޮށް އެކި މީހުންނަށް ބަދަލުގެ ގޮތުގައި އެ ފައިސާ ބަހާކަމަށްބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އޭނާ ހުށައެޅުއްވި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ނެގި ވޯޓުގައި އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ފަސް މެމްބަރުންނެވެ. އަދި ބިލު ބަލައިގަތުމާއި ދެކޮޅަށް 29 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ސަރުކާރުން ފައިސާ ޗާޕުކޮށް ސަރުކާރާއި ގުޅުންހުރި ފަރާތްތަކަށް ބަހަމުންދާކަމަށްބުނެ އެކަން ހުއްޓާލުމަށް ގޮވާލާ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ފުން ވަޅަކަށް ވެއްޓިފައިވާއިރު އެކަމުން އަދިވެސް އަރައިގަނެވިފައި ނުވާކަމަށާއި، މިފަދަ ވަގުތެއްގައި ސަރުކާރުން ކުރިއަށް އޮތް އެއް އަހަރަށް ފައިސާ ޗާޕު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި، ގާތް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެ ފައިސާ ދެމުންގެންދާ ކަމަށްވެސް ކުއްލި މައްސަލައިގައިވެއެވެ. އަދި ރައްޔިތުން ހާލުގައި ތިއްބާ ވަކި ފަރާތްތަކަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ދިނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށްވެސް ކުއްލި މައްސަލައިގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް