ދޫނިދޫގައި ކޯވިޑަށް ޕޮސިޓިވް މީހެއްގެ ހާލު ގޯސްވެއްޖެ

ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫގައި ކޯވިޑަށް ޕޮސިޓިވް މީހެއްގެ ހާލު ގޯސްވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ގޯސްވެފައި ވަނީ އެ ރަށުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހު...

27 Apr 2021 | 06:28

ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫގައި ކޯވިޑަށް ޕޮސިޓިވް މީހެއްގެ ހާލު ގޯސްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ގޯސްވެފައި ވަނީ އެ ރަށުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހުންގެ ތެރެއިން މިދިޔަ ހަފްތާގައި ޕޮސިޓިވްވި މީހުންގެ ތެރޭން މީހެކެވެ. އޭނާގެ ހާލު ގޯސްވެ، ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕޮސިޓިވް ވެފައިވާ މީހާއަކީ ފުލުހުންގެ ޑިޓެންޝަނުގައި ހުރި މީހަކަށް ވާއިރު، އޭނާގެ އާއިލައިން ދަނީ ޓޯޗާ ކުރި ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދޫނިދޫން މިދިޔަ ހަފްތާގައި ބަޔަކު ޕޮސިޓިވްވެފައި ވީ ނަމަވެސް އެ ފަދަ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ފަދަ ރިޕޯޓެއް ލިބިފައި ވޭތޯ ބެލުމަށް ފަހު މީޑިޔާއާ ހިއްސާކުރައްވާނެ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް