މަތިވެރިން އިތުރު 30 ވޭދަނައާއެކު، ޖުމުލަ 133 އަށް!

އއ. މަތިވެރިން އިތުރު 30 ވޭދަނައާއެކު އެރަށުން ޖުމުލަ 133 އަށް އަރައިފިއެވެ. މިއަދުގެ 08:00 އާ ހަމަޔަށް އެރަށުގެ ކޮވިޑް އަދާހަމަ ތަކަށް ބަލާއިރު، މިހާތަނަށް164 މީހުނަށް ކޮވިޑް ޖެހިފައި ވާއިރު، އެރަށުނ...

27 Apr 2021 | 05:27

އއ. މަތިވެރިން އިތުރު 30 ވޭދަނައާއެކު އެރަށުން ޖުމުލަ 133 އަށް އަރައިފިއެވެ.

މިއަދުގެ 08:00 އާ ހަމަޔަށް އެރަށުގެ ކޮވިޑް އަދާހަމަ ތަކަށް ބަލާއިރު، މިހާތަނަށް164 މީހުނަށް ކޮވިޑް ޖެހިފައި ވާއިރު، އެރަށުން 11 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބޭ36 ސުންކު އެބަވެއެވެ.

މަތިވެރިން އެއ ދުވަހެއްގައި އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މި މަހުގެ21 ވަނަ ދުވަހުއެވެ. އެދުވަހު އެރަށުން69 މީހުން ފައްސިވެފައި ވެއެވެ.

އޭގެ އިތުރުން މި މަހުގެ20 ވަނަ ދުވަހު އަށް މީހުން،22 ވަނަ ދުވަހު35 މީހުން އަދި23 ވަނަ ދުވަހު30 މީހުން އެރަށުން ފައްސިވެފައިވެއެވެ.

މަތިވެރިން ކޮވިޑް 19 އަށް ގިނަ ބައެއް ފައްސިވެ އަދަދު އިތުރުވަމުންދާތީ، ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ފަރާތްތަކާއި ރަށުގެ ޓާސްކް ފޯސްއާއިއެކު ބައްދަލުވުންތަކެއް ބާއްވަމުން ވެސް އެބަ ގެންދެއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް އުޅެނީ ވަރަށް މަތީގައެވެ. އެގޮތުން އިއްޔެ ރާއްޖެއިން328 މީހުން ފައްސިވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން167 ވޭދަނަ، މީހުން އުޅޭ ރަށްތަކުން127 ވޭދަނައިގެ އިތުރުން ރިސޯޓުތަކުން10 މީހުންނާއި އެހެނިހެން ރައްރަށުން24 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް