މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމާއި އެކު ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމާފައިވާ ކަމަށް އެކުލަބުން ހާމަކޮށްފިއެވެ.
ރެއާލް މެޑްރިޑުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމުން އެކުލަބުން ގިނަ ކުޅޫންތެރިންތަކެއް ވިއްކާލަންނިންމާފައިވަނީ ކުލަބަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްކަމަށެވެ. އެގޮތުން އެކުލަބުން ވިއްލާން ލިސްޓުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި މާސެލޯ، އިސްކޯ، ސެބޮލަސް، ވެރާން، މަރިއާނޯގެ އިތުރުން ޖޮވިޗް އަދި އޮޑްރިޒޯލާ ހިމެނެއެވެ
ރެއާލް މެޑްރިޑުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްގެ ސަބަބުން ކުލަބަށް ކުރިމަތިވެފައިވާ މާލީ ހާލަތު ދައްވުމުގެ ސަބަބުން އެކުލަބަށް އިތުރު ކުޅުންތެރިން ގެނައުމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. އެހެން ކަމުން ކުޅުންތެރިން ވިއްކާލައިގެން ނޫން ގޮތަކަށް ކުލަބުގެ މާލީ ހާލަތުން އަރައިގެނެވެން ނެތްކަމަށް އެކުލަބުން ބުނެއެވެ.
އެކުލަބަށް މިހާރުވެސް 91 މިލިއަން ޔޫރޯގެ ގެއްލުން ވެފައިވާކަމަށާއި އެހެން ކަމުން ކުޅުންތެރިން ވިއްކާލައިގެން 250 މިލިއަން ޔޫރޯގެ ފައިދާއެއް ކުލަބަށް ވާނެކަމަށް ރެއާލް މެޑްރިޑުން އަންދާޒާ ކުރެއެވެ. މީގެ އިތުރުން މިހާރު ކުލަބުގައި ތިބި ކުޅުންތެރިންގެ މުސާރައިން ވެސް ބައެއް އުނިކުރާގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށް ވެސް އެކުލަބުން ހާމަކޮށްފައިވެއެވެ.
ރެއާލް މެޑްރިޑަކީ ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކުލަބަވެ. އަދި ސްޕެއިންގައިވެސް މިވަގުތު އޮތް އެންމެ ކާމިޔާބު އެއް ކުލަބަވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް