ކޭލޯ ނަވަސް ޕީއެސްޖީގެ އެއްބަސްވުން އާކޮށްފި

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކޮސްޓަރީކާގެ ތަޖުރިބާކާރު ގޯލް ކީޕަރު ކޭލޯ ނަވަސް ޕީއެސްޖީގެ އެއްބަސްވުން އާކޮށްފިއެވެ. މީގެ ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު މިހާރު އުމުރުން 34 އަހަރު ކޭލޯ...

26 Apr 2021 | 20:27

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކޮސްޓަރީކާގެ ތަޖުރިބާކާރު ގޯލް ކީޕަރު ކޭލޯ ނަވަސް ޕީއެސްޖީގެ އެއްބަސްވުން އާކޮށްފިއެވެ.

މީގެ ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު މިހާރު އުމުރުން 34 އަހަރު ކޭލޯ ނަވަސް ޕީއެސްޖީގެ އެއްބަސްވުން އާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އައު އެއްބަސްވުމުގައި ވަނީ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީގެ ގޮތުގައި 500 މިލިޔަން ޔޫރޯ ހިމަނާފައެވެ.

2019 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން ޕީއެސްގީއާއި ގުޅުނު ނަވަސް އެ ކުލަބާއި އެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އޭނާ އަންނަނީ ޕީއެސްގީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ނަވަސް ވަނީ ޕީއެސްޖީއާއި އެކު ފްރެންޗް ލީގަކާއި ފްރެންޗް ކަޕް ދެ ފަހަރު ކާމިޔާބު ކުމުގެ އިތުރުން ނިމިގެން ދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ވެސް ހޯދާފައެވެ.

ނަވަސް ވަނީ ކޮސްޓަރީކާގެ ގައުމީޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ޓީމް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް