ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިިފި އެވެ.
އެ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ދެމުންދަނީ ދެ ދިވެހިންނަަށާއި ޕާކިސްތާން މީހަކަށެވެ. އޭގެތޭގައި ހިމެނެނީ ޕާކިސްތާންގެ އުމުރުން48 އަހަރުގެ ފިރިހެނަކާއި، އުމުރުން68 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން ކުރިންވެސް އެތަނުގައި ފަރުވާދެމުން ދިޔަ80 އަހަރުގެ ދިވެހި ފިރިހެން މީހާ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އޭގެ ތެރެއިން ދެ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ. އެމީހުންނަށް ޑީއެޗް11 ގައި ފަރުވާ ދެމުންދަނީ އުމުރުން ދުވަސްވީ މީހުންނަށްވާތީ ވީހާވެސް ޑޮކްޓަރުންނާއި ގާތުން ފަރުވާ ދިނުމަށެވެ.
އެކަމަކު ދެން އެތަނުގައި ފަރުވާ ދެމުންދާ ޕާކިސްތާނު މީހާގެ ހާލު އެހާ ރަނގަޅު ނޫންކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ އެމީހާއަށް އޮކްސިޖަން ބޭނުންވާ ކަމަށެވެ.
މީގެ ކުރިން ޕޮސިޓިވްވި އުމުރުން ދުވަސްވީ ދެ ބިދޭސީ ޓޫރިސްޓަކަށް ޑީއެޗް11 ގައި ފަރުވާ ދީފައިވެ އެވެ. އެމީހުން ބަލި ރަނގަޅުވެގެން ވެގެން ދޫކޮށްލުމަށް އެނބުރި ގައުމަށް ގޮސްފައި އެވެ.
މިހާތަނަށް ރާޢްޖެއިން226 މީހަކަށް ބަލި ޖެހިފައިވާއިރު17 މީހަކު ބަލިން ރަގަޅުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް