ޕޮސިޓިވްވި ފަސް ސިފައިން ތިން ތަނެއްގައި މަސައްކަތް ކުރި!

މިހާތަނަށް މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ފަސް ސިފައިން ތިން ތަނެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފ...

27 Apr 2020 | 17:27

މިހާތަނަށް މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ފަސް ސިފައިން ތިން ތަނެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް އެ ފަސް ސިފައިންނަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އަދި އެމީހުންނާއި ގުޅިގެން ޖުމްލަ117 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދެ ސިފައިންނަކީ ކަޅުތުއްކަލާ ކޮށި (ކޭކޭ) ގައި އުޅޭ ސިފައިންގެ ދެ މީހުން ކަމަށެވެ. އެމީހުންނާއި ގުޅުން ހުރި46 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. ބަންޑާރަކޮށި (ބީކޭ) ގައި އުޅޭ ސިފައިންގެ ތެރެއިން ޕޮސިޓިވްވި ސިފައިންގެ މީހާ އާއި ގުޅުން ހުރި 48 މީހަކު ދެނެގަނެވިފަ ވާ ކަމަށެވެ.

މީގެ އިތުރުން ދެން ޕޮސިޓިވްވެފައިވަނީ ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޯވިޑަށް ހާއްސަ ފެސިލިޓީގެ މަސައްކަތުގައި އުޅުނު ދެ ސިފައިންގެ މީހެކެވެ. އެމީހުންނާއި ގުޅުން ހުރި23 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ސިފައިން ކޯވިޑަށް ޕޮސިޓިވް ވުމާއި ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ މި މަސައްކަތުގެ ފްރަންޓް ލައިނަށް ސިފައިން ނުކުތް އިރުވެސް، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ސިފައިން ހިމެނޭނެކަން އެނގޭ ކަމަށާއި، މަސައްކަތަށް ނުކުތީ އެކަން އެނގިތިބެ ކަމަށެވެ. އަދި އެކަހެރިކުރާ ސިފައިން ވެސް، ފުރިހަމަކުރަންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން226 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން89 މީހުންނަކީ ދިވެހިންނެވެ.137 މީހުންނަކީ ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް