ކޯވިޑް-19 ގެ މި ހާލަތުގައި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ގެތަކާއި އިމާރާތްތަކުގެ އަދަދު 243 އަށް އަރައިފިއެވެ.
މި އިމާރާތްތަކާއި ގެތަކުގެ ތެރޭގައި ށ. ނަރުދޫން ހަތް ގެއަކާއި އުލިގަމުން ދެ ގެއަކާއި ލ. މާމެންދޫ، ށ. މާފުށި، ހއ. ދިއްދޫ، ބ. ކެންދޫ، ނ.މަނަދޫ، ކ.މާފުށި،ށ. ފުނަދޫ، ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ހއ. އުލިގަން، ށ. މީދޫ، ހދ. ނޮޅިވަރަންފަރު، ބ. ފުޅަދޫ، ކ. ތުލުސްދޫ، ރ. އުގޫފާރު، ޅ. ނައިފަރު އަދި ގދ. ގައްދޫ، މިއިން ކޮންމެ ރަށަކުން ގެއެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވެއެވެ. ނަމަވެސް މި އިން ބައެއް ގެތަކުގެ މޮނީޓަރިން ހާލަތު މިހާރު އުވާލާފައިވުމަކީ އެކަށީގެންވާކަމެކެވެ.
މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ފިހާރަތަކާއި ގުދަންތަކާއި ކްލިނިކް ތަކުގެ ތެރޭގައި 34 ތަނެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭޑީއެމް ޝޮޕް 1، ބެންކް އޮފް ސިލޯން ބޭންކް އޮފް ސިލޯން ބިލްޑިންގްގައި ހުންނަ ބެސްޓް ބައި މޯލްޑިވްސް، އިންޓަރ ކައުންޓަރ ޝޮޕް، ވެލިއު ޕްލަސް، ޖާސްމީން ޓްރޭޑް، ޓީއެސް މިނީ މާޓް، ޒެޑް މާޓް، ހުޅުމާލޭ ވައިޓް މާޓް، އެމްއެޗްއޭގެ ހަ ތަނެއް، ހުޅުމާލެ ޕްރޯ އެކްސްކާސަން، ހުޅުމާލެ ޖިލްބާބް، ހުޅުމާލެ ގްރީން މާޓް، ހުޅުމާލެ ލޯކޯ މާޓް، ބީއެޗްއެމްގެ ފަސް ތަނެއް، ލިލީގެ ދެ ތަނެއް، މީދުފަރު ގޯޑައުން، ނަސްފަރު ގޯޑައުން، ހިޔަލީ ގޯޑައުން، ކެރަމާ ގޯޑައުން، ކެއަރފްރީ ގޯޑައުން، ފަރުވާ ކްލިނިކް، އީވް ކްލިނިކް އަދި ފަތަހަ ހޯމް އިމްޕްރޫވްމަންޓް ހިމެނެއެވެ.
މާލެ ސިޓީ ފިޔަވައި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ 25 ރަށެކެވެ. އެއީ ށ. ޅައިމަގު، ހދ. ކުމުންދޫ، ބ. ކެންދޫ، ހދ. ހިރިމަރަދޫ، ށ. ގޮއިދޫ، ކ. މާފުށި، ކުޅުދުއްފުށި ސިޓީ، ނ. ވެލިދޫ، ހއ. ދިއްދޫ، ހއ. އުތީމު، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މިލަދޫ، ނ. މާފަރު، ށ. މާއުނގޫދޫ، ށ. ފީވައް، ށ .މިލަންދޫ، ށ. ފުނަދޫ، ނ. ހޮޅުދޫ، ށ. ނަރުދޫ، ހއ. އުލިގަން، ކ. ތުޅާގިރި އައިލެންޑް ރިސޯޓް، ކ. ކުޑަވިލިނގިލި، ކ. ތުލުސްދޫ އަދި ބ. ފުޅަދޫ އެވެ.
މީގެ އިތުރުން ކަނޑުދުއްވާ ތިން އުޅަނދެއް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވެއެވެ. އެއީ ކާވިޔާ ބޯޓު، ދުރު ރާސްތާ 8 (މަސް ދޯންޏެއް) އަދި އަމާޒު ބޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް