ރާއްޖޭގެ ބައެއް ސަރަހައްދަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށެވެ. އެހެންކަމުން މިރޭގެ 19:45 އިން ފެށިގެން 23:00 އާ ދެމެދު، އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
https://twitter.com/MetMaldives/status/1375820406121066500
މިގޮތުން ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް މިރޭ ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ވެސް ނެރެފިއެވެ.
މުސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅަށެވެ. އެހެންކަމުން މިރޭގެ 19:30 އިން ފެށިގެން 00:30 އާ ދެމެދު، ގއ، ގދ އައްޑޫ އަދި ފުވައްމުލައް ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
https://twitter.com/MetMaldives/status/1375812639213821952
މިގޮތުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން އަދި ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމުގައިވެސް މެޓް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް