މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖެއަށް މިހާރު ވިއްސާރަކުރަމުން އަންނައިރު މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ސަރަހ...

27 Mar 2021 | 14:56

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖެއަށް މިހާރު ވިއްސާރަކުރަމުން އަންނައިރު މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 7:45 އިން 23:00 އަށެވެ.

މި ސަމާލު ނެރެފައިވަނީ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން މިރެއަށް މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށިގެންވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް