ވައްކަންކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނާކަށް ނޭދޭނެ: ރައީސް ނަޝީދު

ވެންޓިލޭޓަރު މައްސަލައިގާ، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ ނޯންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރައީސް ނަޝ...

27 Mar 2021 | 07:28

ވެންޓިލޭޓަރު މައްސަލައިގާ، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ ނޯންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެންޓިލޭޓަރު މައްސަލައިގަ މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށެވެ.

"ސަރުކާރު މިކަމުގަ ބައިވެރިވެފަވާތަން ފެންނަނީ، ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިކަންކަން ބަދަލުކުރަންޖެހޭކަމަށާއި އަދި ރައްޔިތުންނާ އެކުގައި އެމަނިކުފާނު މިކަމުގައި ދޫނުދެއްވާނެކަމަށެވެ.

https://twitter.com/MohamedNasheed/status/1375697998882107392

ވެންޓިލޭޓަރު މައްސަލައިގާ ދައުވާ ނުކުރަން ނިންމުމާއެކު ރައީސް ނަޝީދު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޕީޖީ ޝަމީމް އިސްތިއުފާއަށްވެސް ރައީސް ނަޝީދު ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް