ފުލުހުންގެ އާ ގާނޫނާއެކު ފުލުހުން މިއަދު ކުރި ހުވަޔާއެކު ރައްޔިތުންނާ މިހާރަށްވުރެ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެކަމަށް ގަބޫލުކުރައްވާކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްވިޓާ ހޭންޑަލް ޓެގްކުރައްވައި ރައީސް ވިދާޅުވެފައިވަނީ ފުލުހުންގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމުން އެންމެހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރާކަމަށެވެ. އަދި އާ ގާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ހިދުމަތުގެ ފެންވަރު މަތިވެ، މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.
https://twitter.com/ibusolih/status/1375701547804282881
ފުލުހުންގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފުލުހުން ވަނީ އެ ގާނޫނުގައި ބަޔާންކުރާ އާ ހުވާ ކޮށްފައެވެ.
https://twitter.com/PoliceMv/status/1375689817518841859
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް