ޔޫއޭއީގަ ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވިކަން އަދިވެސް ޔަގީނެއް ނުވޭ!

ޔުނައިޓެސް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަން އަދިވެސް ޔަގީން  ނުކުރެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ. ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އ...

27 Mar 2020 | 18:44

ޔުނައިޓެސް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަން އަދިވެސް ޔަގީން  ނުކުރެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވްވި ކަން އެނގުނީ އެގައުމުގެ ބައެއް ނޫސްތަކުގައި އެ ހަބަރު ގެނެސްދިނުމުން ކަމަށެވެ. އެކަމަކު މިހާތަނަށް ޔޫއޭއީ ސަރުކާރުން ރަސްމީ ސިފައެއްގައިވެސް އަދި އެނޫން ގޮތަކަށްވެސް އެކަން ދިވެހި ސަރުކާރަށް ޔަގީން ކޮށްދީފައި ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ހަބަރު ލިބުމާއި އެކު ސަރުކާރުން އެކަން ޔަގީން ކުރުމަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ޔޫއޭއީގެ ސަރުކާރުން ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ރާއްޖެއިން ބޭރުގައި ދިވެއްސަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް އަދި ބުނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ޔޫއޭއީގެ މީޑިއާގައި މިމަހުގެ22 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާގޮތުގައި އެ ގައުމުން އެދުވަހު ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮސިޓިވްވި50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް