ޖާބިރުގެ ރިސޯޓަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި އުތީމުން ހޯދައި، ހަތަރު މީހަކު ހައްޔަރުކޮށްފި

ހއ. އަތޮޅުގައި އޮންނަ ޖޭ ރިސޯޓް އަލިދޫން ވަގަށްނަގާފައި ހުރި ގިނަ އަދަދެއްގެ ތަކެތި އެއަތޮޅު އުތީމު ނުވަ ގެއަކުން ހޯދައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ނުވަ ގެއެއް ބަލައި ފާ...

27 Mar 2020 | 10:38

ހއ. އަތޮޅުގައި އޮންނަ ޖޭ ރިސޯޓް އަލިދޫން ވަގަށްނަގާފައި ހުރި ގިނަ އަދަދެއްގެ ތަކެތި އެއަތޮޅު އުތީމު ނުވަ ގެއަކުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ނުވަ ގެއެއް ބަލައި ފާސްކުރީ އެ ރިސޯޓަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅުމުންނެވެ.

"މި މައްސަލައާއި ގުޅިގެން އުތީމުގެ ބައެއް ގެތައް ބަލާ ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހަތަރު ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންގެ ބަންދަށް އެ އަތޮޅު ފިއްލަދޫ ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް