ކޯވިޑް-19: ޗައިނާއަށްވުރެ އެމެރިކާއިން ފައްސިވި މީހުންގެ އަދަދު އިތުރުވެއްޖެ

ކޯވިޑް-19 އަށް ފައްސިވި މީހުން އެންމެ ގިނަ ގައުމަކަށް އެމެރިކާ ވެއްޖެއެވެ. ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ މަޢުލޫމާތުތަކަށް ބަލާއިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 82 ހާހުން މައް...

27 Mar 2020 | 09:19

ކޯވިޑް-19 އަށް ފައްސިވި މީހުން އެންމެ ގިނަ ގައުމަކަށް އެމެރިކާ ވެއްޖެއެވެ. ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ މަޢުލޫމާތުތަކަށް ބަލާއިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 82 ހާހުން މައްޗަށް އަރާފައެވެ. މިއީ، ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާއިން ބަލި ޖެހުނު މީހުންނަށްވުރެ ވެސް އިތުރު އަދަދެކެވެ.

ޗައިނާއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 81700 ގައި އުޅޭއިރު، މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީން ބައްޔަށް ފައްސިވެފައިވަނީ 80500 މީހުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން އެއް ލައްކަ ވިހި ހާހަށްވުރެ ގިނަ މީހުން ރަނގަޅު ވެފައިވާއިރު، މި ބަލީގައި މުޅި ދުނިޔެއިން މިހާރު ވަނީ 23 ހާހަށްވުރެ ގިނަ މީހުން މަރުވެފައެވެ.

ކޯވިޑް-19 އިން މުޅި ދުނިޔެއަށް ސިހުމެއް ގެނުވާފައިވާއިރު، މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީން އެކަނި ވެސް 8200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޯވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމަށް ގައުމުތަކުން އަންނަނީ ވަރުގަދަ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ވަރަށް ގިނަ ގައުމުތަކުން، މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު، ބައެއް ގައުމުތައް ވަނީ "ޓޯޓަލް ލޮކްޑައުން" އަކަށް ވެސް ގޮސްފައެވެ. ދިވެހިރާއްޖެއިން ވެސް ވަނީ، އެހެން ގައުމުތަކުން ރާއްޖެއަށް މީހުން ނާދެވޭގޮތަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް