ކޯވިޑް-19: އައްޑޫ ސިޓީގެ މަގުތަށް ޑިސް އިންފެކްޓް ކުރަން ފަށައިފި

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ސަދަން އޭރިއާގެ ސިފައި...

27 Mar 2020 | 08:32

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ސަދަން އޭރިއާގެ ސިފައިންނެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އައްޑޫ ސިޓީގެ މަގުތައް ޑިސް އިންފެކްޓް ކުރަން ފަށާފައިވާއިރު މާލޭގެ މަގުތަކާއި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ވިލިމާލޭގެ މަގުތައްވެސް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް