ހިލޭ ޑިގްރީއަށް ކިޔަވާ ކުދިން ފީ ހޯދަން ދެން މިނިސްޓްރީއަށް ދާކަށް ނުޖެހޭނެ

ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން ކޮންމެ މަހަކު ފީ ހޯދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދާން ނުޖެހޭނެ ގޮތެއް ހަމަޖައްސަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓ...

27 Mar 2020 | 03:02

ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން ކޮންމެ މަހަކު ފީ ހޯދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދާން ނުޖެހޭނެ ގޮތެއް ހަމަޖައްސަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލާދީ ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފީ ދެއްކުމުގެ އިންތިޒާމްތައް ދަރިވަރުންނަށް ވީހާވެސް ފަސޭހަކޮށް ހަމަޖައްސައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން ޔުނިވާސިޓީ ކޮލެޖުތަކުގައި ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ މިނިސްޓްރީ މެދުވެރިކޮށް ދައްކާނެ ކަމަށެވެ.

އެގޮތަށް ހަމަޖެހުމުން ކުދިން އަމިއްލައަށް ފީ ދައްކާކަށް ނުޖެހޭނެ އަދި އެ ފައިސާ ހޯދަން މިނިސްޓްރީއަށް ދާކަށްވެސް ނުޖެހޭނެ އެވެ.

މިހާރު ހަމަޖެހިފައި އޮންނަ ގޮތުން ފީ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލަ އަށެވެ. އަދި ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ފައިސާ ދެއްކި ކަމުގެ ލިޔުން މިނިސްޓްރީއަށް ހުށަހަޅަން ޖެހެނީ އަމިއްލައަށް ގޮސްގެންނެވެ.

ގިނަ ފަހަރު އެ ފައިސާ ލިބެން ދުވަސްތަކެއް ހޭދަވާ ކަމަށް ބުނެ ދަރިވަރުން ދަނީ ޝަކުވާ ކުރަމުންނެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވަދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް