ކޯވިޑް-19- މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުން ފަސްކޮށްފި

ގއ. މާވަރުލުގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުން ފަސް ކޮށްފި އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަ...

27 Mar 2020 | 02:48

ގއ. މާވަރުލުގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުން ފަސް ކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓަށް ދަތުރުތައް ފަށާނެ ތާރީހު އިއުލާނު ކުރެވޭވަރު ވާނެ ކަމަށެވެ.

މިގޮތަށް ނިންމީ ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފައިވާތީ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ފިޔަވަޅުތަކުގެ ތެރެއިން މޯލްޑިވިއަންގެ ދަތުރުތައްވެސް މަދުކުރެވިފައިވާ ކަމަށެވެ.

މާވަރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިމަހުގެ11 ވަނަ ދުވަހު އެވެ. ކުރިންް ހަމަޖެހިފައި އޮތީ ޝެޑިއުލް ދަތުރުތައް ފަށާއިރު އަޖުމަ ބެލުމަށް ދުވާލަކު ފްލައިޓެއް ބާއްވާ ގޮތަށެވެ.

މާވަރުލު އެއާޕޯޓަކީ 1.2 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ފެށީ2018 ވަނަ އަހަރުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް