ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ އެންމެ ވަރުގަދަ އެއް ފިޔަވަޅުގެ ގޮތުގައި ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި އެވެ. މިއަދުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާނ...

26 Mar 2020 | 22:33

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ އެންމެ ވަރުގަދަ އެއް ފިޔަވަޅުގެ ގޮތުގައި ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި އެވެ.

މިއަދުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާނެ ކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ވިދާޅުވީ އެ ފިޔަވަޅު އެޅީ މިދަނޑިވަޅު، ހާލަތަށް ބަލައި އެ ނޫން ގޮތެއް ނެތުމުންނެވެ.

މިރޭ ދަންވަރު12:00 ން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލި އިރު ވައިރަސް އާއި ގުޅިގެން ފްލައިޓުތައް ކެންސަލް ވުމާއި ޑިމާންޑު ދަށްވެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ފަޅުވެ ބަންދު ކުރާ ހާލުގައި އެވެ. ރާއްޖެއަށް ކޮންމެ ދުވަހަކު ފަސް ހާހަށްވުރެ ގިނަ ޓޫރިސްޓުން އަންނަ އިރު ވައިރަސް އާއި ގުޅިގެން އަދަދު ދަށްވަމުން ގޮސް އިއްޔެ ރާއްޖެ އައިސްފަ ވަނީ33 ޓޫރިސްޓުންނެވެ.

ރިޕޯޓުތައް ބުނާގޮގޮތުގައި އެމްއޭސީއެލްގެ މަސައްކަތު ގަޑިއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި އެވެ. އެގޮތުން ވަޒީފާ އަދާ ކުރަން ޖެހޭ ގަނޑި ހަތަރު ގަޑިއިރަށް ބަދަލުކޮށް55 އަހަރުން މަތީ މީހުންނާއި މާބަނޑު މީހުންނަށް ވަނީ ޗުއްޓީ ދީފަ އެވެ.

މިރޭ ދަންވަރު 12:00 ފެށިގެން ދެން ރާއްޖެއަށް ޖައްސާނީ ހާއްސަ ހުއްދައިގެ ދަށުން ޖައްސާ ފްލައިޓުތަކާއި ޗާޓާޑް ފްލައިޓުތަކެވެ.

މި ފިޔަވަޅާ އެކު ޓޫރިސްޓުން އައުން އެއްކޮށް ހުއްޓުނީ އެވެ. ރާއްޖެ އަށް ވުރެ ކުރިން ސަރަހައްދުގެ އެހެން ގައުމުތަކުން ވަނީ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. އަދި ބައެއް ގައުމުތަކުން ބޯޑަރު ވެސް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް