ރާއްޖޭގައި 100،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ވެކްސިން ދިން މީހުންގެ އަދަދު މިއަދު 105،492 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 72،872 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަނެއް 32،620 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތެރޭގައި އެވެ.
މިއަދު ވެކްސިން ދިން މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 6،073 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
އޭގެ ތެރެއިން މާލޭގައި ވެކްސިން ދީފައިވަނީ 3،147 މީހުންނަށެވެ. އަތޮޅު ތެރެގައި ވެކްސިން ދީފައިވަނީ 2،926 މީހުންނަށެވެ.
މިހާރު ކޯވިޑް ވެކްސިން ދެމުންދަނީ މާލޭގައި ހަތް ސެންޓަރަކާއި ދެ މޮބައިލް ޓީމުންނެވެ. އަތޮޅު ތެރޭގައި 169 ސެންޓަރެއްގައި ކޯވިޑަށް ވެކްސިން ދެމުންދެ އެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް