މިއަދު ކޯވިޑް-19ގެ ކޭސްތަކުގެ އަދަދު 118 ގައި

ރާއްޖޭއިން ކޯވިޑް-19 އަށް އިތުރު 118 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 92 މީހުންނާއި ރިސޯޓުތަކުން 16 މީހުންނެވެ. އިތުރަށް ޕޮސިިޓިވްވެފައިވަނީ ސަފާރީތަކުން ފަސް މީހުންނާއި...

27 Feb 2021 | 17:30

ރާއްޖޭއިން ކޯވިޑް-19 އަށް އިތުރު 118 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 92 މީހުންނާއި ރިސޯޓުތަކުން 16 މީހުންނެވެ. އިތުރަށް ޕޮސިިޓިވްވެފައިވަނީ ސަފާރީތަކުން ފަސް މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ފަސް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،952 ސާމްޕަލެވެ. މިހާތަނަށް ރާއްޖޭގައި 518،663 ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،397 މީހުންނެވެ. އޭގެ ތެރެއިން 170 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 17،132 މީހުންނެވެ.

މި ބަލީގައި މިއަދު ވަނީ މީހަކު މަރުވެފައި އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ.

މި މީހާ އާއި އެކު ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައި އެވެ.

ކޯވިޑް-19 މިހާތަނަށް ޖެހިފައިވަނީ 19،597 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް