ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގެ ސްކޫލްތައް ގްރޭޑް 8ކުން ދަށުގެ ގްރޭޑްތަކުގެ ކިޔެވުން ބަންދުކޮށްފިއެވެ.
ކިޔެވުން ބަންދުކޮށްފައި ވަނީ ގްރޭޑް 8ކުން ފެށިގެން ދަށުގެ ކްލާސްތަކަށް، ދެ ހަފްތާގެ މުއްދަތަކަށެވެ. އަދި މި ގްރޭޑްތަކުގެ ދަރިވަރުން މި މުއްދަތުގައި ކިޔަވާނީ އޮންލައިންކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިއީ މާލެ ސަހަރައްދުގައި ކޮވިޑްގެ ކޭސްތައް މަދުނުވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް