ފުވައްމުލަކު އެކްސިޑެންޓްގައި މިއަދު ނިޔާވި އެކަކީ މީގެ ކުރިންވެސް ބޮޑު އެކްސިޑެންޓެއްވެ، ރަނގަޅު ވެފައިވާ މީހެކެވެ. އެގޮތުން މިއަދުގެ އެކްސިޑެންޓްގައި ނިޔާވި އެކަކީ އަހުމަދު މުތީއުއެވެ.
މުތީއު ވަނީ މީގެ ކުރިންވެސް ނުރައްކާތެރި އެކްސިޓެންޑެއްވެ، އެކަމުގެ ސަބަބުން އޮޕަރޭޝަން އެއްވެސް ކޮށްފައެވެ.
މީގެކުރިން މުތީއު އެކްސިޑެންޓް ވުމުގެ ސަބަބުން ފުއްޕާމެއަށް ލޭ އެޅި ފުރާނަ ސަލާމަތްކުރެވިދާނެ ކަމާ މެދު އުއްމީދު ކަނޑާލާފައި ވަނިކޮށް އޭޑީކޭ އިން ފަރުވާދީ ރަނގަޅު ވެފައިވެއެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ 2017 އޮކްޓޯބަރ 5 ވަނަ ދުވަހު ފުވައްމުލަކު ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
އެ ހާދިސާގައި މުތީއުގެ ފުއްޕާމެއަށް އަނިޔާވެ، ވާތު ކޮނޑު ކަށިގަނޑާއި ވާތު ފައި ބިނދުމުގެ އިތުރުން ކަނާތު ކޮނޑު ހުޅަށް ވެސް އަނިޔާވި އެވެ.
އޭގެ ތިން އަހަރާ ހަތަރު މަސް ފަހުން މިއަދު ފުވައްމުލަކުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ނިޔާވި އެކަކީ މުތީއުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް